top of page
  • Writer's pictureމެންޗެސްޓަރ ޔުނައިޓެޑް

މެންސްޗެސްޓަރ، ލަންޑަން: ޔުނައިޓެޑުގެ ކޯޗުކަން ކުރުމަކީ "އިމްޕޮސިބަލް" ކަމެއް ނޫން - ޓެން ހެގް

  • ޔުނައިޓެޑުގެ ކޯޗުކަން ކުރުމަކީ ނުކުރެވޭވަރުގެ ކަމެއް ނޫން

  • ޓެން ހެގް ބުނީ ކޮންމެ ކުލަބަކަށް ވެސް އަޑިގަނޑެއް އަންނާނެ ކަމަށް

  • އެންމެން އެކަތި ގަނޑަކަށްވެ މަސައްކަތް ކުރަން ޖެހޭ


މެންސްޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަން ކުރުމަކީ "އިމްޕޮސިބަލް" ކަމެއް ނޫންކަމަށް، އެ ކުލަބުގެ ހެޑް ކޯޗު އެރިކް ޓެން ހެގް ބުނެފިއެވެ.


މިވަގުތު، ޔުނައިޓެޑުގެ ނަތީޖާ އާއިމެދު، ކޯޗުންގެ އިތުރުން ކުޅުންތެރިންވެސް ހިތްހަމަނުޖެހެއެވެ. ޔުނައިޓެޑުން ލީގުގައި ކުޅުނު، 7 މެޗުގެ ތެރެއިން 4 މެޗުން ބަލިވެ، އެ ކުލަބު އޮތީ ލީގުގެ 10 ވަނައި ގައެވެ.


ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން، ޓެން ހެގް ބުނީ ޔުނައިޓެޑުގެ ކޯޗުކަން ކޮށް، ކާމިޔާބު ހޯދުމަކީ ނުކުރެވޭނެ ކަމެއް ނޫންކަމަށާއި، ކޮންމެ ކުލަބަކަށް ވެސް އަޑިގަނޑެއް އަންނާނެ ކަމަށެވެ.


"އަހަރެމެން މިތިބީ ވަރަށް ނުރަނަގަޅު ހިސާބެއްގައި. ވީމާ ރަނގަޅު ހިސާބަކަށް ދިއުމަށް، އަހަރެމެން މަސައްކަތް ކުރަން ޖެހޭ. އަހަރެމެން ޤަބޫލު ކުރަން ޖެހޭ، އަހަރެމެން އެންމެން އެކީ މަސައްކަތް ކުރަން ޖެހޭނެ ކަން. އަދި ކޮންމެ މެޗެއްގައި އަހަރެމެން ތިބެންޖެހޭނީ އެކަތި ގަނޑަކަށްވެ."މިދިއަ އަންގާރަ ދުވަހު ގްލަޓަސަރޭ އާއި ދެކޮޅަށް ކުޅެ، ޔުނައިޓެޑު ބަލިވި މެޗަށް އަލިއަޅުވާލަމުން ޓެން ހެގް ބުނީ، 28 މިނެޓާއި ހަމައަށް އެކަތިގަނޑެއްގެ ގޮތުގައި ތިބެ، ޔުނައިޓެޑުން ލަނޑެއް ޖެހި ކަމަށާއި، އެހެންނަމަވެސް، ދެން ފެނިގެންދިޔައީ ކުޅުންތެރިން ރޫޅިގެން ދިޔަތަން ކަމަށެވެ.


"ގްލަޓަސަރޭއިން ޖެހި ފުރަތަމަ ޝޮޓުގެ ބޭނުން ހިފާ ލަނޑެއް ކާމިޔާބު ކުރީ. "ޓޮޕް" ލެވެލްގައި ފުޓުބޯޅަ ކުޅޭއިރު، މިކަހަލަ ކަންކަން ވިޔަ ދީގެން ނުވާނެ. ހެދޭ ކުދި ގޯސްތައް މަދު ކުރަންޖެހޭ. އޭގެ ބޭނުން އިނދިކޮޅު ޓީމުން ވަރަށް ރަނގަޅަށް ހިފާނެ."


"އަހަރެމެން ކެތްތެރި ވާންޖެހޭ. ކުޅުމަށް ސަމާލުވާންޖެހޭ. ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހޭނެކަން އަހަންނަށް އެނގޭ. އެކަމަކު، ފުޓުބޯޅާއިގައި މުހިންމު ކަމަކީ ކުޅުމަށް ސަމާލުވެ، ކުރިއެރުމަށް މަސައްކަތް ކުރުން." ޓެން ހެގް ބުންޏެވެ.


މިއަދު ރާއްޖެ ގަޑިން 7 ޖަހާއިރު، ބްރެންޓްފޯޑާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން ނިކުންނާނެއެވެ.

Comments


Commenting has been turned off.
bottom of page