top of page
  • Writer's pictureބާސެލޯނާ

މި ސީޒަނުގައި އޯރިއޮލް ރޮމޭއޯއަށް އިތުބާރުކުރުމަށް ޒަވީ ނިންމާއިފި - ރިޕޯޓުބާސެލޯނާގެ ޑިފެންސިވް މިޑްފިލް ރޯލުގައި ކުޅުވާނެ ކުޅުންތެރިއެއްގެ ގޮތުގައި އޯރިއޮލް ރޮމޭއޯއަށް އިތުބާރުކުރުމަށް، ބާސެލޯނާގެ ހެޑް ކޯޗު ޒަވީ ހެނާންޑޭޒް ނިންމާފައިވާކަމަށް، ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.


އޯރެއޮލް ރޮމޭއޯ ބާސެލޯނާއަށް ގެނެސްފައިވަނީ، ބާސާގެ ކުރީގެ ކެޕްޓަން އަދި މިޑްފިލްޑަރ ސާޖިއޯ ބުސްކެޓްސް ކުލަބު ދޫކޮށް ދިއުމާއި ގުޅިގެން، އޭނާގެ ބަދަލަށް އެ މަޤާމަށް ކުޅުންތެރިއަކު ހޯދުމުގެ ގޮތުންނެވެ.


ތަޖުރިބާކާރު މިޑްފިލްޑަރު ބާސާއަށް ގެނައީ، މިދިއަ ސީޒަނުގައި ސްޕެއިންގެ ޖިރޯނާ އާއިއެކު، ރަނގަޅު ކުޅުމެއް ދެއްކުމުންނެވެ. އެގޮތުން މިދިއަ ސީޒަނުގައި ޖިރޯނާ އަށް 30 މެޗު ކުޅެ، ޑިފެންސިވް މިޑްފިލްޑަރެއްގެ މަޤާމުގައި ރަނގަޅު ކުޅުމެއް އޭނާ ވަނީ ދައްކާފައެވެ.މިދިއަ ސީޒަނުގައި ރޮމޭއޯ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ބާސާގެ ގިނަ ސަޕޯޓަރުންގެ ތަރުހީބެއް އޭނާއަށް ލިބިފައެއް ނުވެއެވެ.


ބުސްކެޓްސް ދިއުމާއިއެކު، އޭގެ އަސަރު ބާސާގެ މިޑްފިލްޑްތެރެއަށް ކުރި ނަމަވެސް، ރޮމޭއޯއަކީ ބުސްކެޓްސް ނެތުމަށް އޮތް ދާއިމީ ހައްލެއްކަމަކަށް ޒަވީ ނުދެކެއެވެ. އަދި ބާސެލޯނާ އަށް ދިމާވެފައިވާ ފައިސާގެ މައްސަލަ ހައްލުވިހާ އަވަހަކަށް ދާއިމީ ހައްލެއް ހޯދުމަށް، ޒަވީ މަސައްކަތްކުރާނެކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.


މި ސީޒަނުގައި ބާސެލޯނާ ކުޅުނު 8 މެޗުން، 7 މެޗުގެ ފުރަތަމަ 11 ގައި ރޮމޭއޯ ހިމެނިފައިވާއިރު، އެއްވެސް މެޗެއްގެ ފުރިހަމަ 90 މިނެޓު ކުޅެފައެއް އޭނާ ނުވެއެވެ.

Opmerkingen


bottom of page