top of page
  • Writer's pictureއާސިނަލް

އިންޖަރީގައި ހުރި ނަމަވެސް މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ސަކާ ހިމަނައިފި



އިންޖަރީގައި ހުރި ނަމަވެސް މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ބުކާޔޯ ސަކާ ހިމަނައިފިއެވެ.


ސަކާއަށް އިންޖަރީވީ މިދިއަ ހަފްތާ، ލެންސް އާއި ދެކޮޅަށް އާސިނަލް އިން ކުޅުނު ޗެންޕިއަންސް ލީގު މެޗުގައެވެ. އެގޮތުން، މެޗުގެ ފުރަތަމަ ހާފުގައި މަސްގަނޑަށް ތަދުވެ، ސަކާ ދަނޑުން ބާލަން ޖެނުވެ.


ސަކާގެ އިންޖަރީ އާއި ގުޅޭގޮތުން ވާހަކަދައްކަމުން އާސިނަލްގެ ހެޑް ކޯޗު މިކެލް އާޓެޓާ ބުނީ ސަކާ އަންނަނީ ރަނގަޅު ވަމުން ކަމަށެވެ.


"އޭނާ އަންނަނީ ރަނގަޅު ވަމުން. އަހަންނަކީ ޑޮކްޓަރެއް ނޫން. އެއީ ޑޮކްޓަރު ބުނި ގޮތް. އޭނާ އަންނަނީ ރަނގަޅު ވަމުން." އާޓެޓާ ބުންޏެވެ.



މި ސީޒަންގައި އާސިނަލުން ޕްރިމިއަރ ލީގައި، ޗެންޕިއަންސް ލީގުގައި ކުޅުނު 9 މެޗުން 5 ލަނޑު ސަކާ ވަނީ ކާމިޔާބު ކޮށްފައެވެ. އެންމެފަހުން، އާސިނަލް އާއި ސިޓީ ބައްދަލު ކުރި މެޗުގައި ސަކާ ވަނީ، އާސިނަލަށް ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.


ސިޓީ އާއި އާސިނަލް ކުޅޭ މެޗު އޮންނާނީ މާދަން ރޭ، ރާއްޖެ ގަޑިން 8:30 ގައެވެ.

Comentários


bottom of page