top of page
  • Writer's pictureބާސެލޯނާ

އެލް ކްލާސިކޯގެ ކުރިން އެންޖަރީ އިން ސަލާމަތްވުމަށް، ޕެޑްރީ އަމާޒު ހިފައިފި

އިންޖަރީތަކާއި ގުޅިގެން މި ސީޒަނުގައި ބާސެލޯނާއަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާއިރު، އެ ކުލަބުން މި ސީޒަނުގައި ކުޅޭނެ އެންމެ މުހިންމު އެއް މެޗު ކަމަށްވާ ރިއަލް މެޑްރިޑާއި ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ އާއި އަންނަނީ ގާތްވަމުންނެެވެ.


އެލް ކްލަސިކޯ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.


މިހާރު ބާސެލޯނާގެ އިންޖަރީ ލިސްޓުގައި ތިބި ކުޅުންތެރިންގެ ތެރޭގައި ފްރެންކީ ޑިޔޮންގް އާއި ރަފިންހާގެ އިތުރުން ރޮބަރްޓް ލެވަޑޮސްކީ އަދި ޕެޑްރީ ހިމެނެއެވެ.
އެލް ކްލަސިކޯ އާއި ގުޅޭގޮތުން ވާހަކަދައްކަމުން، ބާސާގެ ޒުވާން މިޑްފިލްޑަރ ޕެޑްރީ ބުނީ ހުރިހާ ކަމެއް ވެސް ރަނގަޅަށް ދާނަމަ، އެންމެ މޮޅު ކުޅުން އެލް ކްލަސިކޯގައި ފެންނާނެކަމަށެވެ.


"އަހަރެން ރަނގަޅުވެ، ކުޅެން ފަށަން ވަރަށް ބޮޑަށް ބޭނުންވޭ. ރިކަވަރީގެ ހުރިހާ ކަމެއްވެސް އަދި ދަނީ ރަނގަޅަށް. މިހާރު ގާތްގަނޑަކަށް އިންޖަރީ ވަނީ ރަނގަޅުވެފައި." ދަ ރެސިޑެންސީ އެޕަށް ޕެޑްރީ ބުނިކަމަށް މުންޑޯ ޑިޕޯޓިވޯއިން ރިޕޯޓުކޮށްފައިވެއެވެ.ޕެޑްރީގެ ކަނާތު ފަލަ މަސްގަނޑަށްް، އިންޖަރީ ވެފައިވަނީ މިދިއަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު، ޓްރެއިނިންގައެވެ.


ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި، 22 އޮކްޓުބަރުގައި ބާސާއިން އެތްލެޓިކް ކުލަބާއި ދެކޮޅަށް ކުޅޭ މެޗަށް، ޕެޑްރީއަށް އަލުން އަބުރާ ކުޅުމަށް އާދެވިދާނެއެވެ.


އެލް ކްލަސިކޯގެ ކުރިން ބާސާއިން ކުޅެންޖެހޭ އަދި 3 މެޗު އެބައޮތެވެ. ވީމާ ކްލަސިކޯގެ ކުރިން، މިހާރު އިންޖަރީގައި ތިބި ހުރިހާ ކުޅުންތެރިން ރަނގަޅުވެ، އަބުރާ ޓްރެއިނިން އާއި ގޫޅޭނެކަމަށް، ބާސެލޯނާގެ ކޯޗުންގެ ޓީމުން އުންމީދުކުރެއެވެ.

Comments


bottom of page