top of page
  • Writer's pictureއެސްޓޮން ވިލާ

އައު ކޮންޓްރެކްޓުގައި ސޮއެ ކުރުމަށްފަހު، އަމާޒަކީ ޗެންޕިއަންސް ލީގަށް ކޮލިފައިވުން: ވަޓްކިންސް



އައު ކޮންޓްރެކްޓުގައި ސޮއެ ކުރުމަށްފަހު، އަމާޒަކީ ޗެންޕިއަންސް ލީގަށް ކޮލިފައިވުންކަމަށް އެސްްޓޮން ވިލާގެ ފޯވަރޑް އޮލީ ވަޓްކިންސް ބުނެފިއެވެ.


ވަޓްކިންސް އެސްޓޮން ވިލާ އާއިއެކު، ހަދާފައިވާ އެއްބަސްވުން ދިގު މުއްދަތަކަށް އައު ކޮށްފައިވާއިރު، ބޮޑަށް ބެލެވެނީ 5 އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއެ ކޮށްފައިވާކަމަށް ކަމަށް، ރިޕޯޓުތަކުން ބުނެއެވެ.


ބްރެންޑްފޯޑުން، އެސްޓޮން ވިލާ އަށް 2020 ވަނަ އަހަރު ގުޅުނު ފަހުން، ވަޓްކިންސް ވަނީ ވިލާއަށް 50 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެޭގެ ތެރެއިން މިދިއަ ސީޒަނުގައި 15 ލަނޑު އޭނާ ވަނީ ޖަހާފައެވެ. ވަޓްކިންސް ވަނީ މި ހަފްތާ ހޮވި، އިނގިރޭސިވިލާތުގެ ޤައުމީ ޓީމު ސްކޮޑުން ވެސް ޖާގަ ހޯދާފައެވެ.


ވަޓްކިންސްގެ ކޮންޓްރެކްޓުގައި ސޮއެ ކުރުމަށް ބޭއްވި ކުޑަ އިހްތިފާލަށްފަހު ވާހަކަދައްކަމުން، އެސްޓޮން ވިލާގެ ކޯޗު އުނައި އެމެރީ ބުނީ ވަޓްކިންސް އަކީ ކުރިއެރުމަށާއި، ދަސްކުރުމަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށެވެ.


"އޭނަ ދަސްކުރުމަށާއި، އޭނާގެ އަމިއްލަ ކުރިއެރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރޭ. އަހަރެން އޭނާ އާއިއެކު، މަސައްކަތް ކުރާތާ ގާތްގަނޑަކަށް އަހަރެއް ހަމަވާން އަންނައިރު، ހަމަ ފުރަތަމަ ދުވަހެކޭ ވެސް އެއްގޮތަށް އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރޭ." އުނައި އެމެރީ ބުންޏެވެ.


ވޫލްވްސް އާއި ދެކޮޅަށް މިއަންނަ އާދިއްތަ ދުވަހު، ވިލާއިން ނިކުންނައިރު، ވަޓްކިންސް ވަނީ މި ސީޒަންގައި 7 ގޯލު ޖަހާ، 2 ހެޓްރިކުވެސް ހަދާފައެވެ.



އައު ކޮންޓްރެކްޓުގައި ސޮއެ ކުރުމަށްފަހު، އެސްޓޮން ވިލާގެ ވެބްސައިޓުގައި ޝާޢިރުކޮށްފައި ލިޔުމެއްގައި ވާގޮތުން، ވަޓްކިންސް ވަނީ އައު ކޮންޓްރެކްޓުގައި ސޮއެ ކުރެވުމާއިއެކު، ވަރަށް އުފާވާކަމަށް ބުނެފައެވެ.


"އަހަރެން ވަރަށް އުފާވޭ (ކޮންޓްރެކްޓުގައި ސޮއެ ކުރެވުމާއިއެކު). އަހަރެން ޤަބޫލު ކުރާ ގޮތުގައި އަހަންނަށް ފުޓުބޯޅާއިގައި ކުރިއަށް ދިއުމަށް، މި ކުލަބަކީ ހަމަ އެންމެ ރަނގަޅު ތަން. މިހާރު ކުލަބު މި ކުރިއަށް ދާގޮތް އެންމެންނަށްވެސް ފެނޭ. އޭގެ ބައިވެރިއަކަށް ވާން އަހަރެން ބޭނުން."


"އަހަރެމެން އަދި މި ފެށީ. ކޯޗު އައިފަހުން އަދި މި ވީ އެއް އަހަރު. އަހަރެމެންގެ ފޯމާއި، ކުޅުންތެރިންގެ ކުރިއެރުން އެންމެންނަށްވެސް ފެންނާނެ."


"އަދިވެސް އިތުރަށް އަހަރެމެންނަށް މަސައްކަތް ކުރެވޭނެ. އުންމީދަކީ މިކުރާ މަސައްކަތާއިއެކު، ކުރިއަށް އޮތް ސީޒަންގެ ޗެންޕިއަންސް ލީގުން ޖާގައެއް ހޯދުން." ވަޓްކިންސް ބުންޏެވެ.


ކުޅުނު 7 މެޗުގެ ތެރެއިން، 5 މެޗުން މޮޅުވެ، އެސްޓޮން ވިލާ މިވަގުތު އޮތީ ޕްރިމިއަރ ލީގުގެ 5 ވަނަައިގައެވެ.

Comments


bottom of page