87 ވަނަ މިނެޓު މާޓިނެއްލީ ޖެހި ލަނޑާއިއެކު، އާސިނަލް އިން ސިޓީގެ މައްޗަށް ކުރި ހޯދައިފި
މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ، މެންޗެސްޓަރ ސިޓީން ވަނީ ލަނޑެއް ކާމިޔާބު ނުކުރެވުނަސް، ފަހި ފުރުުސަތުތަކެއް ހޯދައިފަ

މާޓިނެއްލީގެ ލަނޑާއިއެކު، ފަހު ވަގުތު އާސިނަލް އިން މެންޗެސްޓަރ ސިޓީ ބަލިކޮށްފިއެވެ. މި ލަނޑު މާޓިނެއްލީ ޖެހީ 87 ވަނަ މިނެޓުގައެވެ.
މެޗުގެ ފުރަތަމަ 5 މިނެޓުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް، ސިޓީގެ ގުވާޑިއޯލް އާއި ނަތާން އަކޭ އަށް ލިބުނެވެ. އެހެންނަމަވެސް، ގުވާޑިއޯލް ޖެހި ވޮލޭ ކީޕަރު ދިފާޢުކުރުމަށްފަހު، ދެން އައި ރީބައުންސްގައި އަކޭ ފޮނުވާލީ ގޯލުން ބޭރަށެވެ.
ސިޓީގެ އިތުރުން އާސިނަލްއަށް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އެޑީ އެންކެއިޓާ ޖެހި ބޯޅަ ގޯލުގެ އަރިމަތިން ވަނީ ބޭރުވެފައެވެ.
މެޗުގެ ދެވަނަ ހާފު ފެނިގެންދިޔައީ، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން، އެއްވެސް ޓީމަކަށް މެޗު ކާމިޔާބު ނުކުރެވޭނެކަމަށް ޤަބޫލުކުރެވުނެވެ.

އެހެންނަމަވެސް، ކައި ހަވާޓްޒް ދިން ބޯޅައިން، މާޓިނާލީ ޖެހި ޝޮޓު، އަކޭގެ ޑިފްލެކްޝަނާއިއެކު، ގޯލުގެ ދާގަނޑުގެ ތެރެއަށް ވަދެގެން ދިޔައެވެ.
Comments