top of page
  • Writer's pictureލޫޓަން ޓައުން

ޕްރިމިއަރ ލީގުގެ މި ސީޒަންގެ އެންމެ މޮޅު ސޭވްގެ އެވޯޑު ލޫޓަންގެ ކީޕަރަށް



2023/2024 ވަނަ އަހަރުގެ ޕްެރިމިއަރ ލީގު ސީޒަންގައި އެންމެ މޮޅު ސޭވް ނުވަތަ ކޮވެޓެޑް ކަސްޓްރޮލް ސޭވް އޮފް ދަ ސީޒަންގެ އެވޯޑު ލޫޓަން ޓައުންގެ ކީޕަރު ތޯމަސް ކަމިންސްކީ ކުރި ސޭވްއަކަށް ލިބިއްޖެއެވެ. މި ސޭވްއަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ސޭވްއެވެ.


ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ލޫޓަން ޓައުންއިން ކުޅުނު މެޗު، ލޫޓަން އިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މިއީ މި ޕްރިމިއަރ ލީގު ސީޒަންގައި ލޫޓަން ފުރަތަމަ ފަހަރަށް މޮޅުވި މެޗެވެ.




މި ސޭވްއާ ގުޅޭގޮތުން ނޮވެންބަރު މަހުގެ ތެރޭގައި ވާހަކަދައްކަމުން ކަމިންސްކީ ބުނީ އެ ސޭވް ކުރި ދުވަސް ހަނދާނުން ފޮހެލުން އުނދަގޫ ވާނެކަމަށެވެ. އެ ދުވަހު ސޭވް ކުރުމާއެކު މުޅި ދަނޑު ކަމިންސްކީގެ ނަމުން ގުގުމާލިކަމަށް އޭނާ ބުނެފައިވެއެވެ.


މީގެ އިތުރުން ސޭވްއެއް ކުރުމަށްފަހު އަވަހަށް ތެދުވެ، ބޯޅައަށް ހުށިޔާރުވުމަށް އަބަދުވެސް ކޯޗު އިރުޝާދު ދޭކަމަށް ކަމިންސްކީ ބުންޏެވެ.


މި އެވޯޑު ކަމިންސްކީގެ ސޭވްއަށް ލިބިފައިވަނީ ލިވަޕޫލްގެ އެލިސަން ބެކާއާއި ޗެލްސީގެ ރޮބަރޓް ސެންޗޭޒާއި ވެސްޓް ހަމް ޔުނައިޓެޑްގެ އަލްފޮންސޯ އަރެއޯލާ ފަދަ ކީޕަރުންގެ ސޭވްތަކާ ވާދަކޮށެވެ.

Comments


Commenting has been turned off.
bottom of page