top of page
  • Writer's pictureސައުތެންމްޕެޓަން

ސައުތެންމްޕްޓަމް ޕްރިމިއަރ ލީގަށް ޕްރޮމޯޓު ވެއްޖެ



ރާއްޖެ ގަޑިން މިރޭ 7 ޖެހިއިރު، އީއެފްްއެލް ޗެންޕިއަންޝިޕް ޕްލޭ އޮފްގެ ފައިނަލްގައި ސައުތެންމްޕްޓަނާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިން މެޗުން މޮޅުވެ ސައުތެންމްޕްޓަން އަންނަ ސީޒަންގެ ޕްރިމިއަރ ލީގަށް ޕްރޮމޯޓު ވެއްޖެއެވެ.


އިނގިރޭސިވިލާތުގެ ދެވަނަ ޑިވިޝަނުގެ ޕްލޭ އޮފް ފައިނަލް މެޗުގައި ޖެހި ހަމައެކަނި ލަނޑު ސައުތެންމްޕްޓަނަށް ކާމިޔާބުކޮށްދިނީ މެޗުގެ 25 ވަނަ މިނެޓުގައި އެޑަމް އާމްސްސްޓްރޯންގެވެ.




މި މެޗުގައި ލަނޑު ޖެހުމުގެ ފަހި ފުރުޞަތެއް އެންމެ ފުރަތަމަ ތަނަވަސްކުރީ ލީޑްސް ޔުނައިޓެޑުންނެވެ. އެގޮތުން މެޗުން 6 މިނެޓުގައި ވިލްފްރެޑް ނޮންޓޯ ޖެހި ޝޮޓު ސައުތެންމްޕްޓަނުގެ ކީޕަރު ދިފާޢު ކުރިއެވެ.


އެއަށްފަހު މެޗުން 25 ވަނަ މިނެޓުގައި އާމްސްސްޓްރޯންގް ލަނޑު ޖެހީ ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.



ސައުތެންމްޕްޓަންގެ އިތުރުން ލެސްޓަރ ސިޓީއާއި އިޕްސްވިޗް ޓައުންވެސް ވަނީ ޕްރިމިއަރ ލީގަށް ކޮލިފައިވެފައެވެ.

Comments


Commenting has been turned off.
bottom of page