top of page
  • Writer's pictureޗެލްސީ

ލިއެސްޓަރގެ ކޯޗު ބޭނުންވަނީ ޗެލްސީއާ ހަވާލުވާން: ފަބްރީޒިއޯލެސްޓަރ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ބޭނުންވަނީ އަންނަ ސީޒަނުގައި ޗެލްސީގެ ކޯޗުކަންކުރަން ކަމަށް ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.


ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ފަބްރީޒިއޯ ބުނީ މަރެސްކާ ބޮޑަށް ބޭނުންވަނީ ޕްރިމިއަރ ލީގުގެ ކުލަބެއް ކޯޗުކަންކުރަން ކަމަށެވެ. މިހެންވެ ސްޕެއިންގެ ސެވިއްޔާއިން މަރެސްކާއަށް ހުށައެޅި ހުށައެޅުން އޭނާ ދޫކޮށްލާފައިވާކަމަށް ފަބްރީޒިއޯ ބުންޏެވެ.


ފަބްރީޒިއޯ ބުނީ އޭނާ މިހާރު މަޑުކުރަމުންދަނީ ޗެލްސީގެ ބަހެއް ލިބެންދެން ކަމަށެވެ. އަދި މި ވޭތުވެދިޔަ ދުވަސްތަކުގައި ޗެލްސީއާއި އޭނައާ ދެމެދު ވާހަކަތައް ދެކެވިފައިވާކަމަށް ފަބްރީޒިއޯ ބުންޏެވެ. އަދި ލެސްޓަރއިންވެސް މިހާރު މަޑުކުރަމުންދަނީ މަރެސްކާ ވަގި ގޮތެއް ނިންމަންދެންކަމަށް ފެބްރީޒިއޯ މަޢުލޫމާތު ދެއެވެ.ޗެލްސީގެ މިހާރުގެ ކޯޗަކީ މައުރީސިއޯ ޕޮޗެޓީނިއޯއެވެ. އެނާއާއެކު ޗެލްސީ މިއަހަރުގެ ޕްރިމިއަރ ލީގު ނިންމާލާފައިވަނީ ތާވަލުގެ 6 ވަނަގައި އޮވެއެވެ. ނަމަވެސް އަންނަ ސީޒަންގައި ބޮޑަށް ބެލެވެނީ ޗެލްސީން ޕޮޗެޓީނިއޯ ވަކިކުރާނެކަމަށް ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.


އިޓަލީއަށް އުފަން އެންޒޯ މަރެސްކާ ވަނީ ލެސްޓަރގެ އިތުރުން އިޓަލީގެ ޕާމާއަށް ކޯޗުކަން ކޮށްދީފައެވެ. ލެސްޓަރގެ ކޯޗުކަމާ މަރެސްކާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އޭނާ ވަނީ ލިއެސްޓަރ ސިޓީއަށް މި ސީޒަންގެ އީއެފްއެލް ޗެންޕިއަންޝިޕް ކާމިޔާބުކޮށްދީ އަންނަ އަހަރުގެ ޕްރިމިއަރ ލީގަށް ޕްރޮމޯޓު ކޮށްދީފައެވެ.

Comments


Commenting has been turned off.
bottom of page