top of page
  • Writer's pictureޤައުމީ ޓީމް

ބަންގްލަދޭޝާއި ދެކޮޅަށް ކުޅެ ލަދުވެތި ގޮތަކަށް ރާއްޖެ ބަލިވެއްޖެ

ސާފް ޗެންޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމުން ބަންގްލަދޭޝާއި ދެކޮޅަށް ނިކުން މެޗުން 3-1 ގެ ނަތީޖާއަކުން، ސާފް ޗެންޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ރާއްޖެ ބަލިވެއްޖެއެވެ.މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ރާއްޖެއިންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ރާއްޖެއަށް ލަނޑު ޖަހާދިނީ ހަމްޒާ މުޙައްމަދެވެ.


ދެން މެޗުގެ ލަނޑު ޖަހާފައިވަނީ ބަންގްލަދޭޝް ޓީމްގެ ފަރާތުން ރަކީބް ހޮސައިންނެވެ. މި ލަނޑު ހޮސައިން ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފު ނިންމެވެފައި އޮއްވާ 42 ވަނަ މިނެޓުގައެވެ.


މި ގޯލާއިއެކު، ބަންގްލަދޭޝުން ވަނީ ވަރަށް އިތުބާރާއެކު ކުޅެންފަށާއި، މެޗުގެ މޮމެންޓަމް އަތުލާފައެވެ.


ދެވަނަ ހާފު ފެށުމަށްފަހު، ބަންގްލަދޭޝުން ވަނީ ދެ ގޯލު ޖަހާ މެޗު މުޅިންހެން ކޮންޓްރޯލް ކުރަން ފަށާފައެވެ. މި މެޗުން ބަލިވުމާއިއެކު، ގުރޫޕުން ކޮލިފައިވެ ދެވަނަ ބުރަށް ދިއުމުގެ ޖާގަ ރާއްޖެއަށް ވަނީ ހަމަވެފައެވެ. ދެން ރާއްޖެއިން ސާފް ޗެންޕިއަންޝިޕުގައި ނިކުންނާނީ ލެބަނޮން އާއި ދެކޮޅަށެވެ.

Comments


Commenting has been turned off.
bottom of page