top of page
  • Writer's pictureރިއަލް މެޑްރިޑް

ރިއަލްއާ އެމްބައްޕޭ ގުޅުނުކަން އިޢުލާނުކުރުން އޮންނާނީ ޔޫސީއެލް ފައިނަލަށް ފަހު: ރިޕޯޓް



2023/2024 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަން ނިމުމުން ފަރަންސޭސި ވިލާތުގެ ފޯވަރޑް ކިލިއަން އެމްބާއްޕޭ، އޭނާ މިހާރު ކުޅެމުން އަންނަ ކުލަބު ދޫކޮށްލާނެކަމަށް ވަނީ އިޢުލާނު ކޮށްފައެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ފަރަންސޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބު، ޕެރިސް ސެއިންޓް ޖާމެއިން ޕީއެސްޖީއަށެވެ.


25 އަހަރުގެ އެމްބާއްޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑެވެ.


މި ސީޒަން ނިމޭއިރު ޕީއެސްޖީ ދޫކޮށްލާނެކަމަށް އެމްބާއްޕޭ އިޢުލާނުކުރުމާއެކު، އޭނާ ގުޅޭނެކަމަށް އެންމެ ބޮޑަށް ބެލެވެނީ ރިއަލް މެޑްރިޑާކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ. މިގޮތަށް ބެލެވުނަސް އެމްބާއްޕޭއާއި ރިއަލް މެޑްރިޑުގެ ފަރާތުން މި ކަމާ ގުޅޭ އެއްވެސް ބަހެއް ރަސްމީކޮށް އަދި ބުނެފައިނުވެއެވެ. މިވަގުތު ރިއަލް މެޑްރިޑުގެ ފޯކަސް ހުރީ އަންނަ މަހު އޮންނަ ޗެންޕިއަންސް ލީގުގެ ފައިނަލަށެވެ.


ސްޕެއިންގެ މެޑްރިޑްގެ ނޫހެއްކަމަށްވާ ރެލެވޯއިން ރިޕޯޓުކުރާ ގޮތުގައި ރިއަލް މެޑްރިޑާ ރަސްމީކޮށް އެމްބާއްޕޭ ގުޅުނުކަން އިޢުލާނުކުރާނީ ޖޫން މަހު އޮންނަ ޗެންޕިއަންސް ލީގު ފައިނަލަށް ފަހުއެވެ. އަދި މިއަހަރު ޖުލައި މަހު ފަށާ ޔޫރޯގެ ކުރިން އެމްބާއްޕޭ މެޑްރިޑާ ގުޅުނުކަން އިޢުލާނުކުރުން އެކަށީގެންވާކަމަށް އެ ނޫހުން ރިޕޯޓު ކުރެއެވެ.


އެމްބާއްޕޭ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ މަހުގެ 30 ވަނަ ދުވަހަށެވެ. ވީމާ އެމްބާއްޕޭ ފްރީ އެޖެންޓެއްގެ ގޮތުގައި ގެންނަ ނަމަ ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރެވޭނީ ޖޫން 30ގެ ފަހުންނެވެ.

Comments


Commenting has been turned off.
bottom of page