top of page

ސެންޓަރ ފޯވާޑަކުން ގޯލްކީޕަރަކަށް، ޖިރޫޑްގެ އިހުސާސްތައް ކިޔާލަދީފި

Writer: އޭ.ސީ މިލާންއޭ.ސީ މިލާން
  • ޖިރޫޑް ގޯލްކީޕަރަކަށް އަރަން ޖެހުނީ އިތުރު ވަގުތުގައި އޭސީ މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން

  • މި މެޗުގައި މިލާން މޮޅިވީ 1-0 ލަނޑުން، ލަނޑު ޖެހީ ކްރިސްޓިއަން ޕުލިސިޗް


އޭސީ މިލާންގެ ގޯލްކީޕަރު މައިކް މެގްނަންއަށް ރަތް ކާޑު ދެއްކުމާއިއެކު، ރޭ ޖެނޮއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޮލިވިއަރ ޖިރޫޑަށް ޖެހުނީ ގޯލް ކީޕަރަކަށް ވާށެވެ. ރޭގެ މެޗުން އެ ޓީމު 1 ލަނޑުގެ ލީޑަކުން ވަނީ މޮޅުވެފައެވެ.


މެޗުގެ ހަމައެކަނި ލަނޑު އޭސީ މިލާނަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ޕުލިސިޗެވެ. 90 މިނެޓު ހަމަވެ ދިން އިތުރު ވަގުތުގައި، ބެންޗުގައި ބަދަލު ކީޕަރެއް ނެތުމުން، ޖިރޫޑަށް ޖެހުނީ ގޯލްކީޕަރުގެ މަޤާމާއި ހަވާލުވާށެވެ.


ޑީ.އޭ.ޒެޑް.އެން. އަށް ވާހަކަދައްކަމުން ގޯލްކީޕަރަކަށް ކުޅުމުގެ ތަޖުރިބާ އާއި ގުޅޭގޮތުން ޖިރޫޑްގެ އިހުސާސްތައް އޭނާ ވަނީ ހިއްސާކޮށްފައެވެ.



އެގޮތުން ފަހު ވަގުތު އޭނާ ދިފާޢު ކުރި ބޯޅަ އާއި ގުޅޭގޮތުން ޖިރޫޑް ބުނީ:

"އަހަންނަކީ ޓީމުގައި ހުރި އެންމެ ދިގު ކުޅުންތެރިޔާ. އެހެންވެގެން އަހަރެން ގޯލްކީޕަރަށް ދިޔައީ. އަހަރެން ކުޑައިރު، ކީޕަރަކަށް ވާން ބޭނުންވި. އަހަންނަށް ބޯޅަ ދިފާޢު ކުރެވުމުން ވަރަށް އުފާވި. ހަމަ ގޯލެއް ޖެހުން ފަދަ ކަމަކަށް ވީ."


މުޅި މެޗާއިމެދު:

"މިއީ ލާޒިއޯ އާއި ރޯމާ އަތުން މޮޅުވެ، ނަޕޯލީ އާއި އެއްވަރުވެފައި އޮތް ޓީމެއް. ވީމާ މެޗަށް ނިކުތްއިރުވެސް އުނދަގޫވާނެކަން އެނގޭ. އަހަރެމެންގެ އެންމެ މޮޅު ކުޅުން ނުދެއްކުނު. އެހެންނަމަވެސް މުހިންމު ކަމަކީ 3 ޕޮއިންޓު ލިބުން." ޖިރޫޑް ބުންޏެވެ.


ރޭ ކުޅުނު މެޗުން އިންޓަ މިލާން އެއްވަރުވުމުން، މި މޮޅާއިއެކު، މިވަގުތު އޭސީ މިލާން އޮތީ ލީގުގެ 1 ވަނައިގައެވެ.

Comments


Commenting has been turned off.

©️ DhiFootball 2023

Contact through Messenger

  • Twitter
  • Facebook
bottom of page