top of page
  • Writer's pictureރިއަލް މެޑްރިޑް

2024 ވަނަ އަހަރު އެމްބާއްޕޭ ގެނައުމަށް، ރިއަލް މެޑްރިޑުން މިސްރާބު ޖަހައިފި



2024 ވަނަ އަހަރު އެމްބާއްޕޭ ގެނައުމަށް، ރިއަލް މެޑްރިޑުން މިސްރާބު ޖަހައިފިއެވެ. މިކަން ހާމަކޮށް، ރިޕޯޓުކޮށްފައިވަނީ ދާރިއޯސް އޭއެސްއިންނެވެ.


މިދިއަ ޓްރާންސްފަރ މާކެޓުގައި އެމްބާއްޕޭ، ޕީއެސްޖީ ދޫކޮށް ރިއަލް މެޑްރިޑަށް ދާންއުޅޭކަމުގެ އަޑުތައް ވަނީ ފެންމަތިވެފައެވެ. ޖެނުއަރީ ޓްރާންސްފަރ މާކެޓު މިހާރު ގާތްވަމުން އަންނަ އިރު، ޖެނުއަރީގައި ޕްރީ-އެއްބަސްވުމެއް، އެމްބާއްޕޭ ބޭނުންވާ ކަމުގައި ވާނަމަ ރިއަލް މެޑްރިޑަށް ހެދިދާނެއެވެ. ސަބަބަކީ، ޕީއެސްޖީ އާއިއެކު، މިހާރު އެމްބާއްޕޭ ހަދާފައިވާ އެއްބަސްވުން، މި ސީޒަންގެ ނިޔަލަށް ހަމަވުމެވެ.



މެޑްރިޑުން އެމްބާއްޕޭ ގެނައުމަށް އަމާޒު ހިފި ނަމަވެސް، އަދި މުސްތަޤުބަލާއިމެދު ވަކި ގޮތެއް ނިންމަން އެމްބާއްޕޭ ވިސްނާފައިނުވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. ހަމައެހެންމެ، ރިއަލް މެޑްރިޑަށް ބަދަލުވުމުގެ ވިސްނުން އެމްބާއްޕޭގެ އެބަހުރި ކަމަށްވެސް ރިޕޯޓުތަކުން އަންނަނީ ބުނަމުންނެވެ.


ރިޕޯޓުތަކުން ބުނާ ގޮތުގައި، އެމްބާއްޕޭގެ ސޮއެ ހޯދުމަށް، ޖެނުއަރީގެ ޓްރާންސްފަރ މާކެޓު ފެށޭމާއިއެކު، ރިއަލް މެޑްރިޑުން މަސައްކަތް ފަށާނެއެވެ. އަދި ރިއަލް މެޑްރިޑުން، އެމްބާއްޕޭ ގެނައުމަށް ކިތަންމެ ބޭނުންވިޔަސް، މި ސީޒަންގެ ޗެންޕިއަންސް ލީގުން ރަނގަޅު ކާމިޔާބީއެއް ޕިއެސްޖީއަށް ލިބިއްޖެނަމަ، އެ ކުލަބުގައި އެމްބާއްޕޭ މަޑުކުރުން ގާތްކަމަށްވެސް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.


މިދިއަ ސީޒަނުގައި އެމްބާއްޕޭ ވަނީ ޕީއެސްޖީއަށް ކުޅެދިން، 43 މެޗުން 41 ލަނޑު ކާމިޔާބުކޮށް، 10 އެސިސްޓު ހަދާފައެވެ.

Comments


bottom of page