top of page
  • Writer's pictureމެންޗެސްޓަރ ސިޓީ

އާޓެޓާ ގާތުން ދަސްކުރީ އަހަރެން - ޕެޕް ގާޑިއޯލާ

  • އާޓެޓާ އަހަރެން ގާތުން ގިނަ ކަންތައްތަކެއް ދަސްކުރިކަމަށް މީހުން ބުނޭ، ދަސްކުރީ އަހަރެން

  • ގާޑިއޯލާ ބުނީ އަހަރެން އެސިސްޓަންޓް ކޯޗުން ގެންނަނީ އެ މީހުން ގާތުން ދަސްކުރަށްކަމަށް

  • ފުރަތަމަ ދަސްކުރަނީ ކުޅުންތެރީންކަމަށާއި، ނިންމާ ގޮތެއް ނިންމަނީ އެއަށްފަހުކަމަށް ގާޑިއޯލާ ބުނި


ކާމިޔާބު ފުޓުބޯޅަ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓަންޓަކަށް، މިހާރު އާސިނަލްގެ ކޯޗު މިކެލް އާޓެޓާ ހުރިއިރު، ގިނަ ކަންތައްތަކެއް ދަސްކޮށްފައިވާކަމަށް ގިނަ ބަޔަކު ބުނާއިރު، އާޓެޓާ ގާތުން ގިނަ ކަންތައްތަކެއް ދަސްކޮށްފައިވާކަމަށް ގާޑިއޯލާ ބުނެފިއެވެ.


މިރޭ އާސިނަލް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީން ކުޅޭ މެޗާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެޕް އާއި އާޓެޓާގެ ޕާސަނަލަޓީ އެއްގޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ގާޑިއޯލާ ބުނީ، އޭނާ ވިހެއީ ތަފާތު ބައްޕައަކާއި މަންމައަކަށް ކަމަށާއި، ވީމާ އާޓެޓާގެ ހުންނާނީ އެމީހުންގެ ގޮތް ކަމަށެވެ.


"އާސިނަލްގައި އޭނާ ހޯދާފައިވާ ހުރިހާ ކާމިޔާބީއެއް ޙައްޤު ވަނީ ހަމަ އޭނާއަށް. އަހަރެން ގާތުން ގިނަ ކަންތައްތަކެއް އޭނާ ދަސްކުރިއޭ، މީހުން ބުނޭ. އެކަމަކު، އަހަރެން އޭނާ ގާތުން ގިނަ ކަންތައްތަކެއް ދަސްކުރިން."


"އަހަރެންގެ އެސިސްޓަންޓް ކޯޗުންނަށް ފުޓުބޯޅައިގެ ކަންކަން ދަސްކޮށްދޭން ޖެހޭނެއޭ ބުނޭ. އަހަރެން އެސިސްޓަންޓް ކޯޗުން މިތަނަށް ގެންނަނީ އަހަންނަށް ދަސްކޮށްދޭން."


"މީހުން ހީކުރާ ގޮތުގައި ކުޅުންތެރިންނަށް ދަސްކޮށްދެނީ އަހަރެމެން. އެހެންނަމަވެސް، އަހަރެމެން ކުޅުންތެރިން ދަސްކޮށް، ދެން އަހަރެމެން ނިންމާ ނިންމުމެއް ނިންމަނީ."


"އާޓެޓާ އާއި ގުޅުންހުރި ހުރިހާ ރަނގަޅު ކަމެއް އޮތީ އޭނާގެ ބައްޕަ އާއި މަންމަގެ ކިބައިގައި ހުރި މިޒާޖެއްގެ މައްޗަށް، ނުވަތަ އެމީހުންގެ ޢިލްމަކަށް. އަހަންނަކަށް ނޫން." ގާޑިއޯލާ ބުންޏެވެ.

މިދިއަ ސީޒަނުގައި މެންޗެސްޓަރ ސިޓީން ވަނީ ޓްރެބަލް ނަގާފައެވެ. އެގޮތުން ޗެންޕިއަންސް ލީގާއި، އެފްއޭ ކަޕާއި، ޕްރިމިއަރ ލީގު ވަނީ ކާމިޔާބު ކޮށްފައެވެ. ސިޓީ އާއި ލީގުން އެންމެ ގާތުން ވާދަކުރީ އާސިނަލްއެވެ. ޕްރިމިއަރ ލީގު ސިޓީން ކާމިޔާބު ކުރީ 5 ޕޮއިންޓުގެ ތަފާތަކުންނެވެ.


އާސިނަލް އާއި ސިޓީ ބައްދަލު ކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 8:30 ގައެވެ.

Comments


Commenting has been turned off.
bottom of page