top of page
  • Writer's pictureލިއެނާޑޯ ބޮނޫޗީ

ޔުވެންޓަސްގެ މަޝްހޫރު ޑިފެންޑަރު ލިއެނާޑޯ ބޮނޫޗީ ފުޓުބޯޅައިން ރިޓަޔަރ ވެއްޖެ



އިޓަލީގެ ޔުވެންޓަސްއިން މަޝްހޫރުވި ޑިފެންޑަރު ލިއެނާޑޯ ބޮނޫޗީ ފުޓުބޯޅައިން ރިޓަޔަރ ވެއްޖެއެވެ.


ބޮނޫޗީ މިހާރު ކުޅެމުން އަންނަނީ އިޓަލީގެ ކުލަބެއްކަމަށްވާ ފެނާބަހްޗޭއަށެވެ. ބޮނޫޗީ ރިޓަޔަރވެއްޖެކަން އިޢުލާނުކޮށްފައިވަނީ ފެނާބަހްޗޭއިން ނެރުނު ބަޔާނެއްގައެވެ.


މި ބަޔާނުގައި ބުނެފައިވަނީ ފެނާބަހްޗޭއިން މިރޭ ކުޅޭ މެޗު ވާނީ ބޮނޫޗީގެ ކެރިއަރުގެ އެންމެ ފަހު މެޗު ކަމަށެވެ.


ފެނާބަހްޗޭއިން މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ނުކުންނާނީ އިންސްތަންބޫލް ސްޕޯއާ ދެކޮޅަށެވެ. މިއީ ތުރުކީ ލީގުގެ މި ސީޒަންގެ އެންމެ ފަހު މެޗެވެ. ތުރުކީ ލީގުގެ ތާވަލުގައި ފެނާބަހްޗޭ އޮތީ 96 ޕޮއިންޓާއެކު ދެވަނައިގައެވެ. އެއްވަނަގައި އޮތީ 99 ޕޮއިންޓާއެކު ގްލާޓަސަރޭއެވެ. ވީމާ މިރޭ ފެނާބަހްޗޭ މޮޅުވެ، ގްލަޓަސަރޭ މިރޭ ކުޅޭ މެޗުން 2 ލަނޑުގެ ތަފާތަކުން ބަލިވެއްޖެނަމަ ފެނާބަހްޗޭއިން ލީގު ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑެވެ.


37 އަހަރުގެ ބޮނޫޗީ ކުޅުން ހުއްޓާލުމަށް ނިންމުމަށްފަހު ފެނާބަހްޗޭގެ ކުޅުންތެރިންނާ މުޚާތަބުކޮށް ވާހަކަދައްކަމުން ބުނީ ދަނޑުގަޔާއި ދަނޑުގެ ބޭރުން އެންމެ މޮޅު ކުޅުން ދެއްކޭތޯ އަބަދުވެސް މަސައްކަތްކުރި ކަމަށެވެ. އަދި ކެރިއަރު ނިންމާލަން ބޭނުންވަނީ ތަށްޓަކާއެކު ކަމަށް ބޮނޫޗީ ބުންޏެވެ. އަދި ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރިއެވެ.



ބޮނޫޗީގެ ފުޓުބޯޅަ ކެރިއަރުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ޔުވެންޓަސްގައެވެ. އޭނާ ވަނީ އިޓަލީގެ ޤައުމީ ޓީމުގެ ކެޕްޓަންކަން 121 މެޗުގައި ކޮށްފައެވެ. އަދި ޤައުމީ ޓީމާއެކު 2020 ވަނަ އަހަރުގެ ޔޫރޯވެސް ކާމިޔާބު ކުރިއެވެ.

Comentarios


Los comentarios se han desactivado.
bottom of page