top of page
  • Writer's pictureއިންޓަ މަޔާމީ

މެސީ ކުޅުނު މެޗަކުން، ދެވަނަ ފަހަރަށް އިންޓަ މަޔާމީ ބަލިވެއްޖެ

  • މެސީ ކުޅުނު މެޗަކުން، ދެވަނަ ފަހަރަށް އިންޓަރ މަޔާމީ ބަލިވެއްޖެ، މި މެޗުން ބަލިވީ ސިންސިނާޓީ އާއި ވާދަކޮށް 1-0ގެ ނަތީޖާ އަކުން

  • މި ބައްޔާކު ލީގުގެ ޕްލޭ އޮފްސްއަށް ކޮލިފައިވުމުގެ މަގު، އިންޓަ މަޔާމީއަށް މިވަނީ ބަންދުވެފައި



ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ، އާޖެންޓީނާގެ ފޯވަރޑް ލިއޮނަލް މޭސީ، މިހާރު އޭނާގެ ކުލަބު އެމް.އެސް.އެލްގެ އިންޓަ މަޔާމީއަށް ކުޅުނު މެޗަކުން، ދެވަނަ ފަހަރަށް ބަލިވެއްޖެއެވެ. މިގޮތަށް އެ ޓީމު ބަލިވީ ރޭ އެފްސީ ސިންސިނާޓީ އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.


މީގެ ކުރިން މެސީ ކުޅުނު ހުރިހާ މެޗަކުންވެސް އިންޓަ މަޔާމީ ވަނީ މޮޅުވެ، ނުވަަތަ އެއްވަރު ވެފައެވެ. މިދޭތެރޭ އިންޖަރީގެ ސަބަބުން މެސީ ނުކުޅެދިޔަ މެޗުތަކެއް ވެސް ދިޔައެވެ. އޭގެ ތެރެއިން ބައެއް މެޗުތަކުން މަޔާމީ ވަނީ ބަލިވެފައެވެ. ނަމަވެސް، މެސީ ކުޅެ، މަޔާމީ ބަލިވި، މީ ފުރަތަމަ ފަހަރެވެ. މި ބައްޔާއިއެކު، ޕްލޭ އޮފްސްއަށް މަޔާމީއިން ކުރި އުންމީދު މިވަނީ ފެނަށް ގޮސްފައެވެ.


މިދިއަ މަހުގެ 20ގެ ކުރިން އެއްވެސް މެޗެއް އިންޖަރީގެ ސަބަބުން، މެސީ ކުޅެފައިނުވާއިރު، ސަޕޯޓަރުން ތިބީ ރޭގެ މެޗުގައި މެސީ ކުޅެ، ޕްލޭ އޮފްސްއަށް މަޔާމީ ކޮލިފައިކޮށްދޭނެކަމުގެ އުންމީދުގައެވެ.


މި މެޗަށް މެސީ އެރީ ބެންޗުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ސިންސިނާޓީއަށް ޖަހައިދިނީ މެޗުގެ 78 ވަނަ މިނެޓުގައި ބަރެއަލްއެވެ.

Comments


Commenting has been turned off.
bottom of page