top of page
  • Writer's pictureމެންޗެސްޓަރ ޔުނައިޓެޑް

ބްރެންޑްފޯޑް އަތުން މޮޅުވުމަށްފަހު، ޔުނައިޓެޑުގެ ޑްރެސިން ރޫމް އޮތްގޮތް ފެނާންޑޭސް ކިޔައިދީފި

  • ބްރެންޑްފޯޑާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު މެޗަށްފަހު، ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައި - ފެނާންޑޭސް

  • ޔުނައިޓެޑުގެ ލަނޑު ކާމިޔާބު ކޮށްދިނީ 93 މިނެޓާއި، 97 މެނެޓުގައި ސްކޮޓް މެކްޓޮމިނޭ


ބްރެންޑްފޯޑާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު މެޗަށްފަހު، ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައިކަމަށް، އެ ކުލަބުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފިއެވެ.


ޔުނައިޓެޑުން މިރޭގެ މެޗަށް ނިކުތީ، އެ ކުލަބުން ލީގުގައި ކުޅުނު 6 މެޗުން ބަލިވެ، ޗެންޕިއަންސް ލީގުގައި ގްލާޓަސަރޭ އާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެގެންނެވެ.


މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ބްރެންޑްފޯޑުންނެވެ. މި ލަނޑު އެ ކުލަބުން ކާމިޔާބު ކުރީ ޔުނައިޓެޑުގެ ޑިފެންސިވް މިޑްފިލްޑަރ ކެސެމިރޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ، މެތިއަންސް ޖެންސަންއެވެ. ބްރެންޑްފޯޑުން މެޗުގެ ދެވަނަ ހާފަށް އެރީ 1-0 ގެ ލީޑެއްގައި އޮވެ މެޗުން މޮޅުވުމުގެ އުންމީދުގައެވެ.


އެހެންނަމަވެސް މެޗުގެ އޮއެވަރު ބަދަލު ކޮށްލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި، ޔުނައިޓެޑުގެ ސްކޮޓް މެކްޓޮމިނޭ އެރުމުންނެވެ. އެގޮތުން މެޗުގެ 93 ވަނަ މިނެޓާއި، 97 ވަނަ މިނެޓުގައި ލަނޑެއް ޖަހާ، މެޗުގެ ނަތީޖާ ޔުނައިޓެޑު ކޮޅަށް މެކްޓޮމިނޭ އަބުރާލިއެވެ.އެމްޔޫޓީވީއަށް ދިން ޕޯސްޓް މެޗު އިންޓަވިއުގައި ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ވަނީ މެޗަށްފަހު ކުޅުންތެރިންގެ އިޙްސާސްތަކަށް އަލިއަޅުވާލާމުން ވާހަކަދައްކާފައެވެ.


"އަހަރެމެން ވަރަށް ހިތްހަމަޖެހޭ. ރަނގަޅަށް ކުޅުނިން. އަހަރެމެން މެޗު ވަރަށް ރަނގަޅަށް ކޮންޓްރޯލް ކުރިން އަދި ފުރަތަމަ ހާފުގައި ގޯލެއް ވެސް ޖެހުނީސް."


"މެޗުގެ ފުރަތަމަ ހާފުގައި ބައިކޮޅަށް ލަނޑެއް ވަދެ، ގޯލެއް ނުޖެހުމުން، މޮޅުވާން ވަރަށް އުނދަގޫވާނެކަން އަހަންނަށް އެނގޭ. އެހެންނަމަވެސް، ސްކޮޓް ދެ ލަނޑު ޖަހާ، ނަތީޖާ އަބުރާލީ. މިއީ އަހަރެމެން ވަރަށް ބޭނުންވި މޮޅެއް." ފެނާންޑޭސް ބުންޏެވެ.

Comments


Commenting has been turned off.
bottom of page