top of page
  • Writer's pictureބާސެލޯނާ

ބާސެލޯނާ 2-2 ގްރާނާޑާ: 16 ސިކުންތުގެ ލަނޑަކާއި، ރިކޯޑެއް

  • މެޗު ފެށިތާ 16 ސިކުންތު ތެރޭ ގްރާނާޑާގެ ޒަރަގޯޒާ ވަނީ ލަނޑެއް ޖަހާ އެ ކުލަބަށް ލީޑު ނަގާދީފައި

  • 29 މިނެޓުގައި އަނެއްކާވެސް ޒަރަގޯޒާ ލަނޑެއް ޖެހިއިރު، ބާސާއިން ވަނީ ދެވަނަ ހާފު ނިމެން އުޅެނިކޮށް ލަނޑެއް ޖަހާފައި

  • މެޗުގެ ނަތީޖާ ބާސެލޯނާއަށް އެއްވަރުކޮށްދިނީ ސާޖިއޯ ރޮބާޓޯ


ލަލީގާގެ ޗެންޕިއަން ބާސެލޯނާ އާއި، ގްރާނާޑާ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.


މެޗު ފެށިގެން 16 ސިކުންތު ތެރޭ ގްރާނާޑާގެ ޒަރަގޯޒާ ލަނޑެއް ޖަހާ، މެޗުގެ ފެށުން ބާސާއަށް ވަރަށް ބޮޑަށް އުނދަގޫކޮށްލިއެވެ. އަދި މެޗުން މޮޅުވުމުގެ އުންމީދު ގްރާނާޑާއަށް އައު ކޮށްދިނީ މެޗުގެ 29 މިނެޓުގައި އަނެއްކާވެސް ޒަރަގޯޒާ ޖެހި ލަނޑާއެކުގައެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް، ބާސެލޯނާގެ ކުޅުންތެރިންނަށް ކިރިޔާވެސް ފިނިކަމެއް ގެނެސްދިނީ ޖޯ ފެލިކްސް ދިން ބޯޅައިން ލަމީން ޔަމާލް ޖެހި ލަނޑާއެކުގައެވެ. މި ލަނޑާއިއެކު ލަމީން ޔަމާލް ވެގެން ގޮސްފައިވަނީ މިހާތަނަށް ލަލީގާގައި ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.


މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ޑިފެންޑަރު ކުންޑޭއަށް އިންޖަރީވެގެން ދަޑުން ބާލަންވެސް ޖެހުނެވެ. މިއާއިއެކު، އިންޖަރީގެ ލިސްޓަށް އަނެއްކާވެސް ކުޅުންތެރިއަކު މިވަނީ އިތުރުވެފައެވެ. އިންޖަރީގެ ސަބަބުން ފޯވަރޑް ރޮބަރޓް ލެވަޑޮސްކީ އާއި، ރަފިންހާ އަދި ފްރެންކީ ޑިޔޮންގް އިތުރުން ޕެޑްރީ ވެސް މި މެޗުގައި ނުކުޅެއެވެ.

މެޗުގެ ދެވަނަ ހާފު ފެށި، މެޗުގެ ނަތީޖާ ބާސާއަށް އެއްވަރުކޮށްދިނީ 86 ވަނަ މިނެޓުގައި ސާޖިއޯ ރޮބަރޓޯއެވެ. މި ނަތީޖާ އާއިއެކު، ލަލީގާގެ ތާވަލުން އެއް ވަނައަށް އެރުމަށް ބާސެލޯނާއިން ކުރަމުން އައި މަސައްކަތް މިވަނީ ކޮންމެވެސް ވަރަކަށް ހުއްޓުމަކަށް އައިސްފައެވެ. ވީމާ، މިހާރު ތާވަލުގެ އެންމެ ކުރީގައި އޮތީ ރިއަލް މެޑްރިޑެވެ.


ރޭ ލަލީގާގައި ކުޅުނު އެހެން މެޗުތައް ކުރިއަށް ދިޔަ ގޮތް:Comments


Commenting has been turned off.
bottom of page