top of page
  • Writer's pictureވީ.އެފް.ބީ ސްޓުގަރޓް

ޖަހާ ކޮންމެ ޝޮޓެއް ގޯލަކަށް، ސިއާ ގުރަސީއަށް ސަމާލުކަމެއް ދޭން ޖެހޭ: 15 މިނެޓު ތެރޭ ހެޓްރިކް

  • މިވަގުތު ދުނިޔޭގައި އެންމެ ފޯމުގައި ހުރި ކުޅުންތެރިއަކީ ސިއާ ގުރަސީކަމަށް "ވަން ފުޓްބޯލް" އިން ބުނޭ

  • އޭނާ ވަނީ 7 މެޗުން 13 ލަނޑު ޖަހާފަ

  • ރޭ ވޫލްފްބަރޖާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ 15 މިނެޓު ތެރޭ ހެޓްރިކެއް ހަދާފަމިހާރު މުޅި ޔޫރަޕުގެ އެންމެ ފޯމުގައި ހުރި ކުޅުންތެރިއަކީ ބުންދެސްލީގާގެ ވީ.އެފް.ބީ ސްޓުގަރޓްގެ ފޯވަރޑް، 27 އަހަރުގެ ސިއާ ގުރަސީކަމަށް "ވަން ފުޓްބޯލް" އިން ރިޕޯޓު ކޮށްފިއެވެ.


ރޭ ވޫލްފްސްބަރޖާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ސިއާ ގުރަސީ ވަނީ 15 މިނެޓު ތެރޭ ހެޓްރިކެއް ހަދާފައެވެ. ވޫލްފްސްބަރޖްގެ މައްޗަށް ސްޓުގަރޓްއިން ކުރި ހޯދީ 3-1ގެ ނަތީޖާ އަކުންނެވެ. މި މޮޅާއިއެކު، އެ ކުލަބު އޮތީ ކުޅުނު 7 މެޗުގެ ތެރެއިން 6 މެޗުން މޮޅުވެ، ލީގުގެ 1 ވަނައިގައެވެ.


ލީގުގައި ކުޅުނު 7 މެޗުން ގުރަސީ ވަނީ 13 ލަނޑު ކާމިޔާބު ކޮށްފައެވެ. މިއީ ބުންދެސްލީގާގެ ރިކޯޑެކެވެ. ސަބަބަކީ މިހާތަނަށް 7 މެޗުން އެންމެ ގިނައިން ކުޅުންތެރިއަކަށް ޖެހިފައިވަނީ 11 ލަނޑެވެ.

"އޭނަ ޖަހާ ކޮންމެ ޝޮޓެއް ރަނަށް ބަދަލުވޭ." ވަން ފުޓްބޯލް އިން ޝާޢިރު ކުރި ލިޔުމުގައި ވެއެވެ.

Comentarios


Los comentarios se han desactivado.
bottom of page