ކާލޯ އެންޗެލޮއްޓީ، ބްރެޒިލްގެ ޤައުމީ ޓީމުގެ އައު ހެޑް ކޯޗަކަށް 2024 ވަނަ އަހަރުގެ ޖޫން މަހު ހަމަޖައްސާނެއެވެ. މިކަން ފުޓުބޯޅައިގެ އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ ހާމަ ކޮށްދީފައެވެ.

މީގެ ކުރިންވެސް އެންޗެލޮއްޓީ ބްރެޒިލްގެ ޤައުމީ ޓީމާއި ގުޅޭކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ. މިހާރު އެންޗެލޮއްޓީ ހުރީ ސްޕެނިޝް ލަލީގާގެ ރިއަލް މެޑްރިޑޫގެ ކޯޗުކަމުގެ ދަށުގައެވެ.
ފަބްރީޒިއޯ ރޮމާނޯ ކުރި ޓުވީޓުގައި އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެންޗެލޮއްޓީ، ބްރެޒިލްގެ ޤައުމީ ޓީމާއި ގުޅޭނީ 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާއަށް ކަމަށެވެ. އަދި އޭނާ މެޑްރިޑާއިއެކު، ހަދާފައިވާ ކޮންޓްރެކްޓަށް އިޙްތިރާމްކޮށް މެޑްރިޑުގައި 2024 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް މަޑުކުރާނެއެވެ.
އެންޗެލޮއްޓީ ވަނީ ރިއަލް މެޑްރިޑަށް، އެއް ޗެންޕިއަންސް ލީގާއި، އެއް ލަލީގާ ހޯދަދީފައެވެ. މިއީ ރިއަލް މެޑްރިޑްގެ ކޯޗުކަން ކާލޯ އެންޗެލޮއްޓީ ކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2013 ވަނަ އަހަރު އެންޗެލޮއްޓީ ވަނީ ރިއަލް މެޑްރިޑަށް ކޯޗުކަށް ކޮށްދީފައެވެ، އޭގަފަހުންވެސް ދުނިޔޭގެ ބައެއް ބޮޑެތި ކުލަބުތަކަށް އެންޗެލޮއްޓީ ވަނީ ކޯޗުކަން ކޮށްދީފައެވެ.
ކާލޯ އެންޗެލޮއްޓީ ބްރެޒިލްގެ ޤައުމީ ޓީމާއި ގުޅޭނެކަން ހާމަކޮށްދީފައިވަނީ ބްރެޒިލިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރެޑްރިގުއޭޒްއެވެ.
Comments