ލެބަނޮން އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޤައުމީ ޓީމު ބަލިވެ މިއަހަރުގެ ސާފް ޗެންޕިއަންޝިޕުން ރާއްޖެ ކަޓައިފިއެވެ.

ލެބަނޮން މެޗުން ރާއްޖެ ބަލިވެފައިވަނީ 1-0ގެ ނަތީޖާ އަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗުން 23 ވަނަ މިނެޓުގައި ޖަހާފައިވަނީ ޙަސަން މޫޓޮކްއެވެ.
މި މެޗުން ބަލިވުމާއިއެކު، ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. މި ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ދެއްކި ކުޅުމާއި މެދު ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުންވެސް ފާޅުކޮށްފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި ސާފް ޗެންޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ރާއްޖެ ކެޓި ފުރަތަމަފަހަރެވެ. 2018 ވަނަ އަހަރު ބޭއްވި ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ވަނީ ޗެންޕިއަންކަންވެސް ހޯދައިފައެވެ.
Comments