top of page
  • Writer's pictureޤައުމީ ޓީމް

ސާފް ޗެންޕިއަންޝިޕުގައި ރާއްޖެ އާއި ބޫޓާން ބައްދަލު ކުރި ރާއްޖެ މޮޅުވެއްޖެ

2023 ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕުގައި ރާއްޖެ އާއި ބޫޓާން ބައްދަލު ކުރި މެޗު، 2-0ގެ ނަތީޖާއަކުން ދިވެހިރާއްޖެ ކާމިޔާބު ކޮށްފިއެވެ.
މި މެޗުގައި އެންމެ ފުރަތަމަ ގޯލެއް ޖަހާފައިވަނީ ލިބުނު ޕެނަލްޓީ އަކުން ރާއްޖެ ޓީމުގެ 10 ނަންބަރު، ޙަމްޒާ މުޙައްމަދެވެ. ޙަމްޒާ (ހަންޕު) މި ގޯލު ޖަހާފައިވަނީ މެޗުގެ 6 ވަނަ މިނެޓުގައެވެ.


މި މެޗުގައި ރާއްޖޭގެ ލީޑު އިތުރަށް ފުޅާ ކޮށްދިނީ ޙަސަން ރާއިފް އަޙްމަދެވެ. ރާއިފް މި ގޯލު ޖަހާފައިވަނީ މެޗުގެ ފުރިހަމަ 90 މިނެޓު ހަމަވެ، އިތުރަށް ދިން ވަގުތުގެ ތެރޭގައެވެ.


މިއީ ރާއްޖެއިން މިއަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ކުޅޭ އެންމެ ފުރަތަމަ މެޗެވެ. އަދި އިތުރަށް މި ގުރޫޕުގައި، ބަންގްލަދޭޝާއި، ލެބަނޮން އާއި ރާއްޖެއިން ބައްދަލު ކުރާނެއެވެ.


އެންމެފަހުން މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ އިންޑިޔާއިންނެވެ. އެންމެފަހުން ރާއްޖެއަށް ސާފް ޗެންޕިއަންޝިޕުގެ ތަށި ލިބިފައިވަނީ 2018 ވަނަ އަހަރުއެވެ.

Comments


Commenting has been turned off.
bottom of page