top of page
  • Writer's pictureޗެލްސީ

މޭސަން މައުންޓް ޗެލްސީއިން ވަކިވިކަން ސޯޝަލް މީޑިއާގައި ހާމަކޮށްފި

18 އަހަރު ޗެލްސީގައި ހޭދަ ކުރުމަށްފަހު، އިނގިރޭސިވިލާތަށް އުފަން މޭސަން މައުންޓް އޭނާގެ ސޯޝަލް މީޑިއާގެ މަންސަތަކުގައި ހާމަ ކޮށްފިއެވެ.



މައުންޓް ކެރިއާ ފަށާފައިވަނީ ޗެލްސީގެ ޔޫތް ޓީމުންނެވެ. ޔޫތް ޓީމުން ޗެލްސީގެ ފުރަތަމަ ޓީމަށް ކުޅެން ފަށައިފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެފަހުން، ޕްރިމިއަރ ލީގުގައި މޭސަން މައުންޓް، ކުޅުނު 129 މެޗުން، 27 ގޯލައި، 22 އެސިސްޓް ވަނީ، ޗެލްސީއަށް ހަދާދީފައެވެ.


ޕީ.އޭ އެޖެންސީއިން ހާމަކުރާ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑުން 55 މިލިއަން ޔޫރޯގެ ބިޑެއް މޭސަން މައުންޓަށް ހުށަހެޅުމަށް ވަނީ ތައްޔާރުވެފައެވެ. އެހެންނަމަވެސް، މިކަން ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.


ޗެލްސީގެ ސަޕޯޓަރުންނަށް ވަދާޢު ކިޔުމަށް ވަދާޢީ މެސެޖެއް މައުންޓްގެ ސޯޝަލް މީޑިއާގެ މަންސަތަކުގައި ވަނީ ހާމަކޮށްފައެވެ. އެ މެސެޖުގައި މައުންޓް ބުނެފައިވަނީ މިދުވަސްވަރު ޙާލަތު އޮތް ގޮތުން، ޗެލްސީ ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށެވެ. ހުރިހާ ސަޕޯޓަރުންގެ ފަރާތުން، މި ވޭތުވިދިޔަ 18 އަހަރުގެ ތެރޭގައި ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށްވެސް މައުންްޓްގެ މެސެޖުގައި ވަނީ ބުނެފައެވެ.



މޭސަން މައުންޓް ވަނީ 2021 ވަނަ އަހަރު ޗެލްސީ އާއިއެކު ޗެންޕިއަންސް ލީގުގެ ތަށިވެސް އުފުލާލާފައެވެ.



Comments


Commenting has been turned off.
bottom of page